ދުނިޔެ

ދުބާއީން ޑީޕޯޓުކުރި ހަމީހުން ލަންކާ ސީއައިޑީން ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

ދުބާއީއިން ޑީޕޯޓުކުރި ހަމީހުން ލަންކާ ސީއައިޑީން ހައްޔަރުކޮށްފިއެެވެ.

ދުބާއީން ޑީޕޯޓުކުރި ލަންކާގެ ހަމީހުންގެ ތެރޭގައި ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަމާލް ޕެރޭރާ ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ. ޑީޕޯޓު ކުރި ހަމީހުން ލަންކާއަށް އެތެރެވުމާއެކު ބަންޑާރަނައިކެ އެއާޕޯޓުން އެ ހަމީހުން ހައްޔަރުކޮށްފައިވަނީ ލަންކާގެ ސީއައިޑީ އިންނެވެ.

މިދިޔަ ފެބްރުއަރީ މަހު ދުބާއީއަށް އެތެރެވާން އުޅުނު ލަންކާގެ 31 މީހުން ދުބާއީން ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ތެރެއިން 24 މީހުން މީގެކުރިން ވަނީ ލަންކާއަށް ޑީޕޯޓު ކޮށްފައެވެ. ބާކީ ތިބި ހަތް މީހުންގެތެރެއިން ހަމީހަކު މިއަދު ހެނދުނު ވަނީ ޑީޕޯޓުކޮށްފައެވެ. ދުބާއީގައި ހައްޔަރުކޮށްފައިވަނީ އެމީހުންނާއެކު ދަތުރުކުރި ލަންކާގެ އަންޑަރވޯލްޑް ލީޑަރ މަކަންދުރެ މަޑުޝް ކަމަށް ލަންކާގެ އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ. މަކަންދުރެ މަޑުޝް ހަައްޔަރުކޮށްފައިވަނީ އިތުރަށް ސުވާލުކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ލަންކާ އެއާޕޯޓުން ހައްޔަރު ކުރި މިހަމީހުން ހައްޔަރު ކުރި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.