ދުނިޔެ

އިންޑިއާގައި ކޮވިޑްގެ އާ ވޭރިއަންޓް ފެތުރޭ ނިސްބަތް ހަލުވިވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގައި ކޮވިޑްގެ އާ ވޭރިއަންޓް ފެތުރޭ ނިސްބަތް ހަލުވިވެއްޖެއެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކޮވިޑްގެ އާވޭރިއަންޓް ޖޭއެން.1 ފެތުރެން ފަށާފައިވާއިރު، މިވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ އިންޑިއާގެ ކެރެލާއިންނެވެ.

އިންޑިއާއިން މިދިޔަ ބުރާސްފަތި ދުވަހު ޖުމުލަ 594 ކޭސް ރެކޯޑުކޮށްފައިވާއިރު މިހާތަނަށް އާ ވޭރިއަންޓް ފެނުނު ފަހުން މުޅި އިންޑިއާއިން 2669 ކޭސް ފެނިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އާ ވޭރިއަންޓް ފެނުނު ފަހުން އިންޑިއާގެ ކެރެލާއިން ތިން މީހަކު އަދި ކަރްނާޓަކާއިން ދެ މީހައްގެ އިތުރުން ޕަންޖާބުން އެކަކު މަރުވެފައިވާއިރު ކޮވިޑްގައި މިހާތަނަށް އެ ގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 533،327 އަށް އަރާފައެވެ.

ކޮވިޑްގެ އާ ވޭރިއަންޓް ފެތުރެން ފެށުމާއެކު އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އާންމުން ސަމާލުވުމަށް ގޮވާލާފައެވެ. މިވަގުތަށް އެންމެން މާސްކު އެޅުމަށް ސިއްހީ އޮފިޝަލުން ވަނީ ގޮވާލާފައެވެ.