ފިލިޕިންސްއަށް ބާރުގަދަ ބިންހެލުމެއް އައިސް 5 މީހަކު މަރުވެ އެތައްބަޔަކު ޒަހަމް ވެއްޖެއެވެ.
ފިލިޕިންސް އަށް ބިންހެލުން އައިސްފައި ވަނީ ޕިލިޕިންސް ގަޑިން މިއަދު ހަވީދު 5:11 ގައެވެ.
ސިންގަޕޫރުގެ ދަ ސްޓްރެއިޓްސް ޓައިމްސް ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިހާތަނަށް 5 މީހުން މަރުވެފައިވާ ކަމުގެ ހަބަރު ވަނީ ލިބިފައެވެ. މީގެ އިތުރުން އެތަށް ބަޔަކު ޒަހަމް ވެފައިވާއިރު، ޒަހަމްވެފައިވާ މީހުންގެ އަދަދު އަދި ކަށަވަރު ނުވެއެވެ.
ސީއެންއެން ފިލިޕިންސް އިން ރިޕޯޓު ކުރި ގޮތުގައި ބިންހެލުން އައި ފަހުން ފިލިޕިންސްގެ އެކި ސަރަހަށްދަށް 52 އާފްޓާރ ޝޮކްގެ އަސަރު ވަނީ ކޮށްފައެވެ.
މީގެ އިތުރުން ފިލިޕިންސްގެ ކްލާކް އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިފައިވާ އެކި ގެއްލުން ތަކުގެ ސަބަބުން 24 ގަޑިއިރަށް، އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ހުއްޓާލާފައިވާކަމަށް ވެސް ސީއެންއެން ފިލިޕިންސް އިން ވަނީ ރިޕޯޓުކޮށްފައެވެ.