ދުނިޔެ

އިންޑިއާއިން ކޮވިޑުގެ އާ ވޭރިއަންޓެއް ފެނިއްޖެ

މުހައްމަދު އައުޒަމް

އިންޑިއާއިން ކޮވިޑުގެ އާ ވޭރިއަންޓެއް ފެނިއްޖެއެވެ.

އެމެރިކާ އާއި ޗައިނާގައި ފެތުރެމުންދާ ކޮވިޑުގެ އާ ވޭރިއަންޓް "ޖޭއެން.1"ގެ ކޭސްއެއް ފެނިފައިވަނީ އިންޑިއާގައި ކުރިއަށްގެންދިޔަ ރޫޓިން ސަވައިލެންސް ޓެސްޓުތަކުންނެވެ.

ރޫޓިން ސަވައިލެންސް ޓެސްޓުތަކުން ވަނީ ކެރެލާގެ އިތުރުން ޓްރިވެންޑްރަމް އަދި ކަރަކުލަމް އިން ނެގި ސާމްޕަލްތަކެއް ޕޮޒިޓިވް ވެފައެވެ.

އޮފިޝަލުން ވަނީ ޕޮޒިޓިވް ވެފައިވާ ކޭސްތައް ފެނިފައިވަނީ މިމަހުގެ އަށްވަނަ ދުވަހު ނެގި ސާމްޕަލްތަކުން ކަމަށް ބުނެފައެވެ.

ސާމްޕަލް ނެގި ފަރާތްތަކުން އިންފްލުއެންޒާގައި ދިމާވާ ހާލަތްތައް ދިމާވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެމީހުން އެކަހެރިކޮށްގެން މޮނިޓާކުރަމުންދާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

އިންޑިއާއިން ވަނީ މިހާރު ކުރިއަށްގެންދާ ރޫޓިން ސަވައިލެންސް ޓެސްޓުތައް މާދަމާގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ނިންމައިފައެވެ.