ކުއްލި ޚަބަރު

ފިލިޕިންސްއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

މަރިޔަމް ޝަހުދާ

ފިލިޕިންސް އަށް 6.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން ފިލިޕިންސް އަށް އައިސްފައި ވަނީ ފިލިޕިންސް ގަޑިން މިއަދު ހަވީދު 5:11 ގައެވެ.

މި ބިންހެލުމުގެ ސަބަބުން ކަރަންޓު ކެނޑިފައި ވާއިރު މިހާތަނަށް ސުނާމީއެއްގެ އިންޒާރެއް ލިބިފައި ނުވާކަމަށް ސިންގަޕޫރުގެ ދަ ސްޓްރެއިޓްސް ޓައިމްސްގައި ރިޕޯޓުކޮށްފައިވެއެވެ.

މިހާތަނަށް ދެ އިމާރާތެއް ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިރު، ދަށް ފެންވަރަކަށް ހަދާފައި ހުރި ބައެއް ގެ ތައްވެސް ވެއްޓިފައިވާ ކަމަށް އެކި ހިސާބު ތަކުން ރިޕޯޓުކޮށްފައިވާކަމަށް ދަ ސްޓްރެއިޓްސް ޓައިމްސްގައި ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ފިލިޕިންސްގެ ފިވޮލްކްސް ސަރަހައްދުގެ ޗާޗަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް ދަ ސްޓްރެއިޓްސް ޓައިމްސްގައި ރިޕޯޓުކޮށްފައިވެއެވެ.

ބިންހެލުމާ ގުޅިގެން އާފްޓަރ ޝޮކް ކުރިމަތިވެދާނެކަމަށްޓަކައި އެކަމަށް ސަމާލު ވުމަށް ފިލިޕިންސްގެ އާންމުންނަށް މިހާރު ވަނީ އަންގާފައެވެ.

ބޮޑު ސަރަހައްދަކަށް މި ބިންހެލުމުގެ ސަބަބުން އަސަރުކޮށްފައިވާއިރު، އަވަށްޓެރި ޓައިވާން އަދި ޖަޕާނަށްވެސް މި ބިންހެލުމުގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ.