މުހައްމަދު އައުޒަމް
ޔޫރަޕްގައި ހަމަލާތަކެއް ދޭން ރޭވިކަމުގެ ތުހުމަތުގައި ހަމާސްގެ މެންބަރުންތަކެއް ހައްޔަރުކޮށްފިއެވެ. އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ޖަރުމަނާއި ނެދަލެންޑްގައި ހަމަލާތަކެއް ދިނުމަށް ރޭވިކަމުގެ ތުހުމަތުގައި ކަމަށް ޖަރުމަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
ހަމާސްގެ ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އެމީހުން ހަމަލާ ދޭން މަސައްކަތް ކޮށްފައިވަނީ ޔަހޫދީންނަށް ނިސްބަތްވާ ތަންތަނަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ޖަރުމަނުން ހައްޔަރުކުރި ތިން މީހުން ނިސްބަތްވަނީ ލުބުނާނުގެ އިތުރުން މިސްރަށް ކަމަށް އޮފިޝަލުން ބުނެއެވެ. މީގެ އިތުރުން ނެދަލެންޑުން ހައްޔަރުކޮށްފައި ވަނީ އެގައުމުގެ ރައްޔިތެއް ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން ބުނެއެެވެ.
ހައްޔަރުކުރި އެ ހަތަރު މީހުން ނިސްބަތް ވަނީ ހަމާސްއަށް ކަން އެމެރިކާއިން ވަނީ ޔަގީން ކޮށްދީފައިކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުން ފަޕަސްތީނުގައި ހަމާސްއިން ވެރިކަން ކުރަމުންގެންދާ ގާޒާއަށް ހަމަލާދީ އެތައް ބަޔަކު މަރާލާފައިވާއިރު މެދުއިރުމަތީގެ ހަމަނުޖެހުމުގެ އަސަރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ވަނީ ފޯރާފައެވެ.