އިސްލާމިކް މިނިސްޓްރީ

ވެމްކޯއިން މިސްކިތު ފަންޑަށް 50 ހާސް ރުފިޔާ ހަދިޔާކޮށްފި

ވެމްކޯއިން މިސްކިތު ފަންޑަށް ފަންސާސްހާސް ރުފިޔާ ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދަރުމަ ކަމާކެމި ހަރަކާތުގެ ދަށުން ކުރިއަށް ގެންދިޔަ މިސްކިތު ފަންޑަށް ފަންސާސްހާސް ރުފިޔާ ވެމްކޯއިން އިއްޔެ ހަދިޔާކޮށްފައިވާ ކަމުގައެވެ.

އިސްލާމިކް މިނިސްޓްރީން ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ދަރުމަ ކަމާކެމި ހަރަކާތަކީ މިސްކިތްތަކަށް އެހީވާން ބޭނުންވާ އާއްމު ރައްޔިތުންނަށް އެފުރުސަތު ހުޅުވައިލައިގެން ކުރިއަށް ގެންދިޔަ ހަރަކާތެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ފަންޑުތައް ދިރުވައި އާލާކޮށް އެއަށް ފައިސާހޯދުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އެ މިނިސްޓްރީން ބުނީ އާދިއްތަ ދުވަހުގެ 18:00އާ ހަމައަށް މިސްކިތު ފަންޑަށް 709458.54 ރުފިޔާ ލިބިފައިވާ ކަމަށާއި އަދި ދީނީ ފަންޑަށް 126،534.59 ރުފިޔާ ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން މިސްކިތު ފަންޑަށް 668.29 ޑޮލަރު އަދި ދީނީ ފަންޑަށް 276.77 ޑޮލަރު ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.