ދުނިޔެ

އެމެރިކާއަށް ނަގޫރޯޅިތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް

މުހައްމަދު އައުޒަމް

އެމެރިކާއަށް ނަގޫރޯޅިތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމެރިކާގެ ޓެނޭސްއަށް މޫސުން ގޯސްވެ ބާރުގަދަ ތޫފާނަކާއެކު ނަގޫރޯޅިތަކެއް އަރާފައިވާ އިރު، އެ ސްޓޭޓަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެ، ހަ މީހަކު މަރުވެފައެވެ.

ރެސްކިއު ޓީމުތަކުން ސަލާމަތްވީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އޮފިޝަލުން ވަނީ އަނިޔާވި މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ ކަމަށް ބުނެފައެވެ.

ތޫފާނުގައި ނަގޫރޯޅިތައް އަރައި ލިބުނު ގެއްލުންތައް ބެލުމަށް ހާއްސަ ޓީމުތައް ހަރަކާތްތެރިވާ އިރު، އެ ސަރަހައްދުގައި ހިމެނޭ ގިނަ އިމާތާތްތަކަކާއި ވެހިކަލްތަކަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ތޫފާނުން ލިބުނު ގެއްލުމުން އަރައިގަތުމަށް އެ ސްޓޭޓްގެ މޭޔަރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ.