އިބްރާހިމް ޒަކީ
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ އެޖެންޑާގައިވާ ގޮތުން ސީއެސްސީގެ މެންބަރުން އެ ކޮމިޓީއަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ މިއަދު މެންދުރު 14:00 އަށެވެ.
ތިން މެންބަރަކު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ސީއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ، ޝަރުތު ފުރިހަމަނުވާ، ގާބިލުނޫން މީހުންނަށް އެ ކޮމިޝަނުން ވަޒީފާދޭ ކަމަށް ބުނާ މައްސަލަ ތަކަކާ ގުޅިގެންނެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އާރިފުއެވެ.
ސިވިލް ސަރވިސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ، ފަސް މެމްބަރުނެވެ. އެއީ ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް އާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރު ފާތުމަތު އާމިރާއި އިބްރާހިމް ޝަހީގާގެ އިތުރުން ޒަކަރިއްޔާ ހުސެއިނެވެ.