32 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާންކޮށްފިއެވެ.
ސީއެސްސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން އެ މަގާމުގެ މުސާރަ އަދި އެގްޒެކްޓިވް އެލަވަންސް ދޭނީ ދެ ރޭންކަކަށެވެ.
އެގޮތުން ZV7-3 ރޭންކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6800 ރުފިޔާ ލިބޭނެއެވެ. ZV7-4 ރޭންކަށް މުސާރައިގެ ގޮތުގައި މަހަކު 8835 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6450 ރުފިޔާ ލިބޭނެއެވެ. އޭގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓްވެސް ލިބޭނެއެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން ރަށު ކައުންސިލު އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޭޕްރިލް މަހުގެ ހަވަނަ ދުވަހުގެ މެންދުރުފަހު 1:00 އެވެ.
އެސްޖީން ބޭނުންވާ 32 ކައުންސިލް
- ހއ. ވަށަފަރު/ ކައުންސިލްގެ އިދާރާ
- ހއ. ކެލާ/ ކައުންސިލްގެ އިދާރާ
- ހއ. މުރައިދޫ/ ކައުންސިލްގެ އިދާރާ
- ހދ. ހިރިމަރަދޫ/ ކައުންސިލްގެ އިދާރާ
- ށ. ފޭދޫ/ ކައުންސިލްގެ އިދާރާ
- ށ. މަރޮށި/ ކައުންސިލްގެ އިދާރާ
- ށ. ފީވަށްކަ/އުންސިލްގެ އިދާރާ
- ނ. ވެލިދޫ/ ކައުންސިލްގެ އިދާރާ
- ރ. ވާދޫ/ ކައުންސިލްގެ އިދާރާ
- ރ. ރަސްމާދޫ/ ކައުންސިލްގެ އިދާރާ
- ރ. މަޑުއްވަރީ/ ކައުންސިލްގެ އިދާރާ
- ރ. އިންނަމާދޫ/ ކައުންސިލްގެ އިދާރާ
- ބ. ފުޅަދޫ/ ކައުންސިލްގެ އިދާރާ
- ބ. ފެހެންދޫ/ ކައުންސިލްގެ އިދާރާ
- ބ. ހިތާދޫ/ ކައުންސިލްގެ އިދާރާ
- ކ. ތުލުސްދޫ/ ކައުންސިލްގެ އިދާރާ
- އއ. ތޮއްޑޫ ކައުންސިލްގެ އިދާރާ
- އދ. ދިއްދޫ/ ކައުންސިލް އިދާރާ
- އދ. މަހިބަދޫ/ ކައުންސިލްގެ އިދާރާ
- އދ. ހަންޏާމީދޫ/ ކައުންސިލްގެ އިދާރާ
- ވ. ކެޔޮދޫ/ ކައުންސިލްގެ އިދާރާ
- ވ. ތިނަދޫ/ ކައުންސިލްގެ އިދާރާ
- ވ. ރަކީދޫ/ ކައުންސިލްގެ އިދާރާ
- ފ. ދަރަނބޫދޫ/ ކައުންސިލްގެ އިދާރާ
- ދ. ރިނބުދޫ/ ކައުންސިލްގެ އިދާރާ
- ދ. ކުޑަހުވަދޫ/ ކައުންސިލްގެ އިދާރާ
- ދ. މާއެނބޫދޫ/ ކައުންސިލްގެ އިދާރާ
- ތ. ގާދިއްފުށީ/ ކައުންސިލްގެ އިދާރާ
- ތ. ތިމަރަފުށި/ ކައުންސިލްގެ އިދާރާ
- ލ. ދަނބިދޫ/ ކައުންސިލްގެ އިދާރާ
- ގއ. ކޮލަމާފުށި/ ކައުންސިލްގެ އިދާރާ
- ގއ. ދެއްވަދޫ/ ކައުންސިލްގެ އިދާރާ