ދުނިޔެ

ޔޫކްރެއިންގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ މަޖާމީހެއް

މުހައްމަދު އައުޒަމް

ޔޫކްރެއިންގެ ރިޔާސީ އިންތިހާބު އެގައުމުގެ މަޝްހޫރު ކޮމީޑިއަން ވްލޮޑިމީރް ޒެލެންސްކީ ކާމިޔާބު ކޮށްފިއެވެ.

އުމުރުން 41 އަހަރުގެ ޒެލެންސްކީ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ %70 މީހުންގެ ތާއީދު ހޯދައި މިހާރުގެ ރައީސް ޕޮރޮޝެންކޯ ބަލިކޮށްފައެވެ.

ވްލޮޑިމީރް ޒެލެންސްކީ އަކީ އެގައުމުގައި އެތައްބައެއްގެ މެދުގައި މަގުބޫލު ޓީވީ ޕޮރޮގްރާމްތައް ހުށަހަޅައިދޭ ކޮމީޑިއަން އެކެވެ. އޭނާ ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި %45 ވޯޓު ހޯދައިފައެވެ. 37 ކެންޑިޑޭޓުން ކުރިމަތިލި ފުރަތަމަ ބުރުން މިހާރުގެ ރައީސަށް ލިބިވަޑައިގެންފައި ވަނީ %9 ވޯޓެވެ.

ޔޫކްރެއިންގެ މަގުތަކުގައި ޒެލެންސްކީ އަށް ލިބުނު ކާމިޔާބީގެ އުފާ ފާޅުކުރަމުން ދާއިރު އޭނާ ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

އެގައުމުގެ މިހާރުގެ ރައީސް ޕޮރޮޝެންކޯ ވަނީ މިއީ އުއްމީދު ނުކުރާ ނަތީޖާއެއް ކަމަށް ވިދާޅުވެފައެވެ. ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަންނަވަން ގަސްދު ނުކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.