މަޝްހޫރުކަން ހޯދުމަށް ފްލައިޓެއް ވައްޓާލި ޔޫޓިއުބާ ހަ މަހަށް ޖަލަށްލައިފިއެވެ.
ޓްރޭވާ ޖަކޯބް ނަމަކަށް ކިޔާ ޔޫޓިއުބާ ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ދުއްވަމުން ދިޔަ ކުޑަ ފްލައިޓެއް، ޓެކްނިކަލް މައްސަލަ ޖެހިއްޖެ ކަމަށް ބުނެ ސަލާމަތްވުމަށް އަމިއްލައަށް ފްލައިޓުން ފުންމާލައި އެމަންޒަރު ވީޑިއޯ ކޮށްފައެވެ. ޖަކޯބްގެ ވީޑިއޯ އަށް މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
ވީޑިއޯ ބެލި މީހަކު ވަނީ އެމައްސަލަ އެމެރިކާގެ ނެޝަނަލް ޓްރާންސްޕޯޓު ސޭފްޓީ ބޯޑް އަށް ހުށަހަޅައިފައެވެ.
ގިނަ ދުވަހުގެ ތަހުގީގަށް ފަހު އެމެރިކާގެ ތަހުގީގީ ޓީމުން ވަނީ އޭނާގެ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ.
އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ކޯޓަކުން ވަނީ ޖަކޯބް އެމެރިކާގެ ތަހުގީގުކުރާ ޓީމަށް ދޮގު ބަޔާން ދިން މައްސަލައިގެ އިތުރުން އޭނާ ކުރިކުށަށް ބަލައި ހަ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.