ދުނިޔެ

އެފްރިކާގެ ގައުމުތަކަށް މޫސުން ގޯސްވެ އެތައް ބަޔަކު މަރުވެ މިލިއަނަކަށްވުރެ ގިނަމީހުން ހާލުގައި ޖެހިއްޖެ

މުހައްމަދު އައުޒަމް

ދެކުނު އެފްރިކާގެ ގައުމުތަކަށް މޫސުން ގޯސްވެ މިލިއަނަކަށްވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެއެވެ.

ދެކުނު އެފްރިކާގެ ގައުމުތަކަށް މޫސުން ގޯސްވާން ފެށިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މޫސުމާ ގުޅިގެން ހިނގާފައިވާ ހާދިސާތަކުގައި މިހާތަނަށް 350 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ދެކުނު އެފްރިކާގެ ގައުމުތަކުގެ ތެރެއިން ސޯމާލިއާ އާއި ކެންޔާގެ އިތުރުން އިތިއޯޕިއާ އަދި ޓަންޖޭނިއާއިން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ހާލުގައި ޖެހި އަމިއްލަ ގެދޮރު ދޫކޮށް ދާން ޖެހިފައިވާކަމަށް ވެސް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ.

ކެންޔާއިން އެކަނިވެސް 136 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކެންޔާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ އެގައުމަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާއަކީ އެލްނިނޯގެ އަސަރު ކަމަށް ބުނެފައެވެ.