މުހައްމަދު އައުޒަމް
ހަވާއީގެ ފަރުގެ ސަރަހައްދަށް ވެއްޓުނު ނޭވީ ފްލައިޓު ނެގުމަށް 1.5 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ނޭވީއިން ވަނީ މީގެ ދެހަފުތާ ކުރިން ހަވާއީގެ ފަރުގެ ސަރަހައްދަށް ވެއްޓުނު ފްލައިޓު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އެމެރިކާގެ ނޭވީ ތަރުޖަމާނަކު ވަނީ ފްލައިޓު ނެގުމުގެ މަސައްކަތް ފެށި ނަމަވެސް އެންމެ އިސްކަމެއް ދީފައިވަނީ އެ ސަރަހައްދުގެ ތިމާވެއްޓަށާއި ރައްކާތެރިކަމަށް ބެލުމަށް ކަމަށް ބުނެފައެވެ.
ތަރުޖަމާނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މި މަސައްކަތަށް މިހާތަނަށް 200،000 ޑޮލަރު ވަނީ ހޭދަވެފައެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ހޮނަލުލުއިން ފުރައިގެން ހަވާއީގައި ހުންނަ އެމެރިކާގެ ބޭހަކަށް ދަތުރުކުރި އެފްލައިޓު ވެއްޓިފައި ވަނީ ރަންވޭއަށް ޖައްސަން އުޅެނިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ. ފްލައިޓުން ދަތުރުކުރި ނުވަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާއިރު ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގުު ފަށާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.