ކުއްލި ޚަބަރު

ސްރީލަންކާގައި ސޯޝަލް މީޑިއާ ނެޓްވޯކްތައް ތިން ދުވަހަށް ބްލޮކް ކޮށްފި

މަރިޔަމް ޝަހުދާ

ސްރީލަންކާގައި ސޯޝަލް މީޑީއާ ނެޓްވޯކްތައް ތިން ދުވަހަށް ބްލޮކް ކޮށްފި އެވެ.

އިކޮނޮމީ ނެކްސްޓް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ލަންކާގެ ސަރުކާރުން ބްލޮކް ކުރުމަށް ނިންމާފައިވަނީ ފޭސްބުކް، ވައިބާ އަދި ވަޓްސްއެޕް ފަދަ ސޯޝަލް މީޑިއާ ނެޓްވޯކްތަކެވެ. މި ފިޔަވަޅު އަޅާފައި ވަނީ ދޮގު މައުލޫމާތު ފެތުރުވުން ހުއްޓުވުމުގެ ގޮތުންނެވެ.

މީގެ ކުރިންވެސް ސްރީލަންކާއިން ވަނީ އެކި ފަހަރު މަތިން ދޮގު މައުލޫމާތާއި، ހަމަނުޖެހުން އުފެދޭ ފަދަ މައުލޫމާތު ފެތުރުން ހުއްޓުވުމަށް ސޯޝަލް މީޑިއާ ބްލޮކްކޮށްފައެވެ.

މިއަދުގެ މިހާތަނަށް ލަންކާގެ 8 ހިސާބެއްގައި ބޮން ގޮއްވާފައިވާއިރު، މިއީ ކޮން ބަޔެއްގެ ހަމަލާއެއްކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.