ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އައިސްބާގް އޮޔާ ދާން ފަށައިފި

މުހައްމަދު އައުޒަމް

ދުނިޔޭގެ އެންމެ ބޮޑު އައިސްބާގް އޮޔާ ދާންފަށައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އައިސްބާގްގެ ބޮޑުމިން ލަންޑަނަށް ވުރެން ދެގުނަ ކަމަށް ސައިސުވެރިން ބުނެއެވެ.

ސައިންސުވެރިން ވަނީ 1986 ވަނަ އަހަރު އައިސް ޝެލްފުން އެއައިސްބާގް ކަނޑައިގެން ގޮސް ދޫވުމާއެކު ކަނޑުގެ އަޑީގައި ޖެހި އެތަނުގައި ހަރުލާފައި މި ހުރިހާ ދުވަހު އޮތީ ކަމަށް ބުނެފައެވެ.

އޭ23އޭ ނަމުން ނަންދީފައިވާ ދުނިޔޭގެ އެންމެ ބޮޑު އައިސްބާގްގެ ބޯމިނުގައި 400 މީޓަރު ހުރެއެވެ. ޖުމްލަ ބޮޑު މިނުގައި 1544 އަކަ މޭލު ހުންނަ ކަމަށް ސައިންސުވެރިން ބުނެއެވެ.

އެތައް އަހަރަކަށް ފަހު ދުނިޔޭގެ އެންމެ ބޮޑު އައިސްބާގް އޮޔާ ދާން ފެށުމާއެކު ސައިންސުވެރިން ވަނީ އޭގެ އިތުރު ދިރާސާތަކެއް ހަދަން ފަށައިފައެވެ.

މިހާރު އެ އައިސްބާގް ދަތުރުކުރަމުން ދަނީ ދުވާލަކު ފަސް ކިލޯމީޓަރުގެ ބާރުމިނެއްގައެވެ.

ސައިންސުވެރިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންޓާކްޓިކާގެ އައިސްތަކަށްވެސް ބަދަލުތައް އަންނަން ފަށާފައިވާ ކަމަށް ބުނެފައެވެ.