އެޕަލް

އާ އައިޕެޑް އަދި މެކްބުކް އޮކްޓޯބަރ 30 ގައި ލޯންޗު ކުރަނީ

އެޕަލް އިން ކޮންމެ އަހަރު އާ ކުރާ ޑިވައިސް ތަކުގެ ތެރެއިން މިފަހަރުގެ އައިފޯނާއި އެޕަލްވޮޗް ވަނީ ސެޕްޓެމްބަރު މަހު ލޯންޗުކޮށް މާކެޓަށް ނެރެފައެވެ. މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަނީ މިއަހަރު ނެރޭ އެޕަލްގެ އާ އައިޕެޑް އަދި މެކް އަށެވެ.

މި އިވެންޓް އޮކްޓޯބަރު 30 އަށް ތާވަލް ކޮށްފައިވާއިރު، އިވެންޓް އޮންނާނީ ބްރުކްލިން، ނިއު ޔޯކްގައެވެ. އިވެންޓާ ގުޅިގެން މާބޮޑު މައުލޫމާތެއް އެޕަލްއިން މިހާތަނަށް ހިއްސާ ކޮށްފައި ނުވި ނަމަވެސް މި އިވެންޓްގައި އާ އައިޕެޑާއި މެކް ކޮމްޕިއުޓަރސް ރިލީސްކުރާނެ ކަމަށް ވަނީ ހަބަރު ތައް ފެތުރިފައެވެ.

އެޕަލް އިން ވަނީ އިވެންޓަށް ދެ ވައްތަރުގެ ކާޑު ފޮނުވާފައެވެ. އެއް ކާޑު އޮތީ ކަލަރފުލްކޮށް މީހުނާއި، އުސް އިމާރާތާއި އެފާޑުގެ ކުރެހުންތަކެއް ކުރަހާފަ އެވެ. މި ކާޑު ރެޕްރެސެންޓް ކުރަނީ އާ އެޕަލް ޕެންސިލް ނުވަތަ އާޓިސްޓިކް އާ ފީޗަރ އެއް ކަމަށް ވަނީ އަޑު ފެތުރިފައެވެ. ދެން އޮތް ކާޑު އޮތީ ކަޅާއި ހުދުން ފެން ފޮދުހެން ޑިޒައިން ކޮށްފައެވެ. މިކާޑުން ދައްކައިދެނީ އާ އައިޕެޑަށް ފެން ނުވަނުން ކަމަށް ބެލެވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އާ އައިޕެޑް ޕްރޯ ގެ ޑިސްޕްލޭ ކުރީގެ އައިޕެޑަށް ވުރެ ބޮޑުވާނެއެވެ. އަދި ޓަޗް އައިޑީ ފިންގަރ ޕްރިންޓް ސެންސަރ ފޭސް އައިޑީ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީއަށް ބަދަލުވެގެންދާނެއެވެ. ޓެބްލެޓްގައި ޔޫއެސްބީ-ސީ ކަނެކްޓިވިޓީ ހިމެނޭއިރު، އެޕަލް ޕެންސިލް ސްޓައިލުސެސްވެސް އަޕްޑޭޓްވާނެއެވެ.

އިވެންޓްގައި ލޯންޗް ކުރާއިރު އެޕަލްގެ މެކްބުކް އެއަރ ރީޑިސައިން ވާނެ ކަމަށްވެސް ގިނަ ބަޔަކު އުންމީދު ކުރެއެވެ. ހާއްސަކޮށް އަވަސް ޕްރޮސެސަރއެއް ހިމެނުމާއި ފަހުގެ ކޮމްޕޮނެންޓްސް ހިމެނުމެވެ.