ހަނގުރާމަ ފެށި ފަހުން ޔޫކްރެއިންގެ 10،000 އާންމުން މަރުވެއްޖެއެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް ފަހުން މިހާތަނަށް ޔޫކްރެއިނުން 10،000 އާންމުން މަރުވެފައިވާ ކަމަށް އދ ގެ ހިއުމަން ރައިޓްސް އޮފީހުން ބުނެފައިވެއެވެ.
ޔޫކްރޭންގައި ހަރަކާތްތެރިވާ އދގެ ހިއުމަން ރައިޓްސްގެ މިޝަންގެ ބޭފުޅުން ވަނީ އެގައުމުގެ އެކި ސަރަހައްދުތަކުގައި މޮނިޓަރުން ބައިތިއްބައިގެން މަޝްރަހު ގާތުން ބަލައިފައެވެ. ހިއުމަން ރައިޓްސްގެ މިޝަން އިން ވަނީ އަދަދުތައް ހުރީ ލަފާކުރިވަރަށްވުރެން މާ މަތީގައި ކަމަށް ބުނެފައެވެ.
ހިއުމަން ރައިޓްސްގެ މިޝަންއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައިގެ އެންމެ ކުރީކޮޅު ވެގެން ދިޔައީ މަރުވާ އާންމުން ގިނަވެގެން ދިޔަ ދުވަސްވަރަކަށެވެ.
ހިއުމަން ރައިޓްސްގެ މިޝަންއިން ހާމަކުރި މައުލޫމާތަކީ ސައްހަ އަދަދެއް ނޫން ކަމަށް ބުނެ ރަޝިޔާއިން ވަނީ ރިއެކްޓް ކޮށްފައެވެ.