ނޯތު ކޮރެއާއިން ފޮނުވާލި ބެލިސްޓިކް މިސައިލެއް ފެއިލި ވެއްޖެއެވެ.
އިއްޔެ ދުވަހު ނޯތުކޮރެއާއިން އެ ގައުމުގެ އިރުމަތީ ކަނޑަށް ފޮނުވާލި މިސައިލަކީ އެ ގައުމުން ކުރި ޓެސްޓެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ނޯތު ކޮރެއާއިން ފޮނުވާލި މިސައިލް ފެއިލް ވެފައިވާކަމަށް ސައުތް ކޮރެއާގެ މިލިޓަރީއާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.
ސައުތު ކޮރެއާގެ މިލިޓަރީން ނޯތު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގްގެ ސުނާން އޭރިޔާއިން ފޮނުވާލި އެ ރޮކެޓް ފެއިލިވިނަމަވެސް އިތުރު މައުލޫމާތެއް ދީީފައެއް ނުވެއެވެ.
ސައުތު ކޮރެއާގެ އިތުރުން އެމެރިކާއިން ވެސް ވަނީ ނޯތު ކޮރެއާއިން ފޮނުވާލި ރޮކެޓްގެ ކަންކަން ބަލައި ދިރާސާއެއް ހެދުމަށް ނިންމާފައެވެ.
ނޯތު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ފޮނުވާލާފައި މިވަނީ އެ ގައުމުން ސްޕައި ސެޓަލައިޓެއް ޖައްވަށް ފޮނުވާލިތާ އެއް ދުވަސް ފަހުންނެވެ.