ސަތޭކަ ހަތާވީސް ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ކަޅުތުއްކަލާ ކޮށީގަ އެވެ.
މިއަދު ހެނދުނު 06:00ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، އިބްރާހީމް މުހައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ، ކުރިއަށްއޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިއާރު އިއުލާނު ކޮށްދެއްވައިފައެވެ. ސިފައިންގެ 127 ވަނަ އަހަރީ ދުވަހަށް ހާއްސަ ކޮށްފައިވާ ޝިއާރަކީ، ''އަސްކަރީ އުސޫލު ނެގެހެއްޓުން، ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން'' މިއެވެ.
މިރަސްމިއްޔާތުގައިވަނީ ސިފައިންގެ އަހަރީ އައްޑަނަ މަޖައްލާގެ 30 ވަނަ އަދަދު، ނެރެދެއްވައިފައެވެ. މި މަޖައްލާ ނެރެދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްްއެވެ. ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި ގާއިމުކޮށްފައިވާ ސިފައިގެން ހުރިހާ މަރުކަޒުތަކެއްގައި ވެސް ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ.