ދުނިޔެ

އިސްރާއީލަށް ކަރަންޓު ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއި ނުކުރަން ޖޯޑަން އިން ނިންމައިފި

މުހައްމަދު އައުޒަމް

އިސްރާއީލަށް ކަރަންޓު ފޯރުކޮށްދިނުމަށް ވެވޭ އެއްބަސްވުމުގައި ސޮއި ނުކުރަން ޖޯޑަން އިން ނިންމައިފިއެވެ.

ޖޯޑަން އިން ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން އެގެންދަނީ އަމިއްލަ ދިފާއުގައި ކުރަމުން ގެންދާ ކަމެއް ނޫންކަމަށާއި އެއީ ރޭއޮހޮރުވުމެއް ކަމަށެވެ.

އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި ޖޯޑަންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ ވިދާޅުވީ ސަރަހައްދީ އެކުވެރިކަމުގެ ދަށުން އިސްރާއީލާއި ޖޯޑަންއާ ދެމެދު އެކި ޕްރޮޖެކްޓް ހިންގުމަށް މަޝްވަރާ ކުރެވިފައި ވީނަމަވެސް ހަނގުރާމައިގެ ސަބަބުން އެއިން އެއްވެސް ކަމެއް ކުރިޔަށް ނުގެންދާން ނިންމާފައިވާކަމަށެވެ.

ޖޯޑަން އާއި އިސްރާއީލުން 1994 ގައި ވެފައިވާ ހާއްސަ އެއްބަސްވުމުގެ ދަށުން ދެގައުމު ދެމެދުގައި އެކި ބާވަތުގެ މުއާމަލާތްތައް ދިޔައީ ކުރަމުނެނެވެ. ނަމަވެސް އެ އެއްބަސްވުމަށް އަމަލު ނުކުރަން ޖޯޑަން އިން މިހާރު ވަނީ ނިންމާފައެވެ.

ޖޯޑަން އިން މިދިޔަ މަހު އިސްރާއީލާ ދެމެދު ވާން ހަމަޖެހިފައިވާ ފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ އެއްބަސްވުން ސޮއިކުރަން ޖޯޑަން އިން ވަނީ ދެކޮޅުހަދާފައެވެ.

އިސްރާއީލުން މިދިޔަ މަހުން ފެށިގެން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގިނަ ގައުމުތަކަކުން އަންނަނީ އިސްރާއީލާއި ދެމެދު ހަދާފައިވާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލަމުންނެވެ.