މުހައްމަދު އައުޒަމް
ޕާކިސްތާނުން ހިފަހައްޓާފައި ހުރި އަފްގާނިސްތާނުގެ ކޮންޓެއިނަރުތައް ދޫކޮށްލުމަށް ގޮވާލައިފިއެވެެ.
އަފްގާނިސްތާނުން ވަނީ ޕާކިސްތާނުގެ ޕޯޓުގައި އެ ގައުމަށް އަންނަން ޖެހޭ އެތައް ހާސް ކޮންޓެއިނަރު ހިފަހައްޓާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެފައެވެ.
ޕާކިސްތާނުގެ އޮފިޝަލުން ވަނީ އަފްގާނިސްތާނުގެ އަމަލުތަކުގެ ސަބަބުން އެތައް މިލިއަން ޑޮލަރުގެ ޓެކްސް ގެއްލެމުންދާކަމަށް ބުނެފައެވެ.
ފާކިސްތާނުގެ އޮފިޝަލުން ވަނީ އަފްގާނިސްތާނުން ބައިނަލްއަގުވާމީ ކާގޯ އެއްގަމު މަގުން އެގައުމުން ޕާކިސްތާނަށް ސްމަގަލް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.
އަފްގާނިސްތާނުން ވަނީ ޕާކިސްތާނުގެ ކަރާޗީގެ ޕޯޓުގައި 3،000 އަށްވުރެން ގިނަ ކޮންޓެއިނަރު ހިފަހައްޓާފައި ހުރިކަމަށް ބުނެފައެވެ.
ދެގައުމުގެ ޕޯޓުގެ މައްސަލައިގައި ދެގައުމުގެ ކަމާބެހޭ އޮފިޝަލުން މަޝްވަރާ ފަށާފައި ވާއިރު އަދި މިހާތަނަށް އެއްވެސް އަލިމަގެއް ނުފެންނަ ކަމަށް އަފްގާނިސްތާނުގެ އޮފިޝަލުން ބުނެއެވެ.