މުހައްމަދު އައުޒަމް
އިންޑިއާގެ ޓަނަލްގައި ތާށިވީ މީހުން ސަލާމަތް ކުރުމަށް މެޝިންތައް ބޭނުންކޮށް ތޮރުފަން ފަށައިފިއެވެ.
އުތުރު އިންޑިއާގެ ހިމާލިއަން ސްޓޭޓްގައި ހަދަމުން ދިޔަ ޓަނަލެއް ވެއްޓި އެތެރޭގައި 40 މީހުން ތާށިވިތާ ތިން ދުވަސް ވެފައިވާއިރު އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ އިތުރަށް ފުޅާ ކޮށްފައެވެ.
އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި އެމީހުން ސަލާމަތް ކުރުމަށް ހެވީ މެޝިން ބޭނުންކޮށްގެން ތޮރުފަން ފަނީ ފަށާފައެވެ.
އިންޑިއާގެ ޑިޒާސްޓާ މެނޭޖްމަންޓުގެ އޮފިޝަލަކު ވިދާޅުވީ އެތެރޭގައި ތާށިވެފައި ތިބި މީހުންނަށް ބޭނުންވާ ކާއެއްޗެހީގެ އިތުރުން ފެނާއި އޮކްސިޖަން ވެސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް އިންޑިއާ ސަރުކާރުން ވަނީ އެގައުމުގެ ޖިއޮލޮޖިސްޓުންގެ ޓީމެއްގެ އެހީގައި ތަހުގީގު ކުރަން ފަށާފައެވެ.