ދުނިޔެ

އައިސްލޭންޑުގެ އަލިފާން ފަރުބަދަތަކުގެ ނުރައްކާ ބޮޑުވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި

މުހައްމަދު އައުޒަމް

އައިސްލޭންޑުގެ އަލިފާން ފަރުބަދަތަކުގެ ނުރައްކާ ބޮޑުވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ އަލިފާން ފަރުބަދަ ހުންނަ އައިސްލޭންޑްގައި މިހާތަނަށް 33 އަލިފާން ފަރުބަދަ އެކްޓިވް ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އަދި މިދިޔަ މަހުން ފެށިގެން ބައެއް ފަރުބަދަތައް ގޮވަން ތައްޔާރުވެފައިކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.

އައިސްލޭންޑާއި އައިސްލޭންޑް ހިމެނޭ ސަރަހައްދުގެ އަލިފާން ފަރުބަދަތަކުގް ނުރައްކާ ބޮޑުވުމާއެކު އެ ގައުމުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެެވެ.

އައިސްލޭންޑްގެ ސިވިލް ޑިފެންސުން ވަނީ އަލިފާން ފަރުބަދަތައް ގޮވާ ސަރަހައްދުތަކުގެ އާންމުންގެ ރައްކަލަކަށް އެ ސަރަހައްދުތައް ބެލެހެއްޓުމުގެ މަސައްކަތް ފަށާފައެވެ.

އައިސްލޭންޑްގެ މީޓިއޮރޮލޮޖިކަލް އޮފީހުން ވަނީ ފަރުބަދަތައް ގޮވުން އޮތީ ވަރަށް ކައިރީގައި ކަމަށާއި ހުރިހާ ފަރާތްތަކުންފެސް ތައްޔާރުވެ ތިބުމަށް ގޮވާލާފައެވެ.