އެމެރިކާގެ މިލިޓަރީ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.
ޔޫއެސް ޔޫރަޕިއަން ކޮމާންޑުން ވަނީ މެޑިޓަރޭނިއަމް ކަނޑުގެ އިރުމަތީގައި އެމެރިކާގެ މިލިޓަރީން ކުރިޔަށް ގެންދިޔަ ތަމްރީނެއްގައި އެ މަތިންދާ ބޯޓު ވެއްޓިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.
ޔޫއެސް ޔޫރަޕިއަން ކޮމާންޑުން ބަޔާނެއް ނެރެފައިވާއިރު އެބަޔާނުގައި ބުނެފައިވާ ގޮތުގައި ވެއްޓިފައިވަނީ ކޮން ބާވަތެއްގެ މަތިންދާ ބޯޓެއް ކަމެއް ނޭނގެއެވެ. އަދި ބޯޓުން ދަތުރުކުރީ ކިތައް މީހުން ކަމެއް އަދި އެމީހުންގެ އިތުރު މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
ބަޔާނުގައި ބުނީ ން އެ ހާދިސާގައި ހިމެނޭ އެއްވެސް ބައެއްގެ މައުލޫމާތު ހިއްސާ ކުރަން ބޭނުން ނުވަނީ އާއިލާގެ މީހުންގެ އިހުސާސްތަކަށް އިހުތިރާމު ކުރުމުގެ ގޮތުންނެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ހާދިސާ އާއި އިސްރާއީލު ފަލަސްތީނު ހަނގުރާމައާ ގުޅުމެއް ނެތް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.