މުހައްމަދު އައުޒަމް
އިންޑިއާގެ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންނަށް ހަދިޔާއަކަށް ކާރު ބަހައިފިއެވެ.
އިންޑިއާގައި ހަދިޔާއަކަށް ކާރު ބެހީ އެ ގައުމުގެ ހަރިޔާނާ ޑިސްޓްރިކްޓުގައި ހުންނަ ފާމަސޫޓިކަލް ކުންފުންޏަކުންނެވެ. މިޓްސްކާޓް ނަމަކަށް ކިޔާ އެ ކުންފުނި ވުޖޫދު ވެފައިވާތާ ގިނަ އަހަރުތަކެއް ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
ކާރު ބެހުމުގެ މި ހަރަކާތް ހިނގާފައިވަނީ އިންޑިއާގައި ފާހަގަކުރާ އެންމެ ބޮޑު އެއް އީދު ކަމަށްވާ ދިވާލީއާ ދިމާކޮށެވެ.
އިންޑިއާގެ އެހެން ބައެއް ސްޓޭޓް ތަކުގައި ވެސް މި އީދާ ދިމާކޮށް އަގުބޮޑު ހަދިޔާތައް ބަހާފައިވެއެވެ.