ދުނިޔެ

މައިކަލް ޖެކްޝަންގެ ޖެކެޓެއް 300،000 ޑޮލަރަށް ނީލަމުގައި ވިއްކާލައިފި

މުހައްމަދު އައުޒަމް

މައިކަލް ޖެކްޝަންގެ ޖެކެޓެއް 300،000 ޑޮލަރަށް ނީލަމުގައި ވިއްކާލައިފިއެވެ.

ހުދާއި ކަޅުކުލައިގެ އެޖެކެޓަކީ 1984 ވަނަ އަހަރު މައިކަލް ޖެކްޝަން ގަނެފައިވާ ޖެކެޓެއް ކަމަށް އޮފިޝަލުން ބުނެއެވެ. އެކި އިޝްތިހާރު ތަކުގައި ޖެކްޝަން އެ ޖެކެޓް ބޭނުންކުރިކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

މައިކަލް ޖެކްޝަންގެ ޖެކެޓު ވިކިފައި ވަނީ 250،000 ޕައުންޑަށެވެ. އެެއީ 306،000 އެމެރިކާ ޑޮލަރެވެ.

އެ ނީލަމުގައި މަޝްހޫރު އެހެން ތަރިންތަކެއްގެ 200 އަށްވުރެން ގިނަ އާސާރީ ތަކެތި ވެސް ވަނީ ވިއްކާލާފައެވެ. އޭގެ ތެރޭގައި އެލްވިސް ޕްރެސްލީ އަދި ކުއީން އެންޑް ޖޯނީމާރް ބޭނުންކުރި އަންނައުނު ވެސް ވިއްކާލާފައި ވާކަމަށް އޮފިޝަލުން ބުނެއެވެ.

އެ ނީލަމުގައި ދެން އެންމެ ފާހަގަކޮށްލެވެނީ މަޝްހޫރު ރޮކް ބޭންޑް އޭސީޑީސީން ބޭނުންކުރި ގިޓައެކެވެ.

މީގެ ކުރިން ބޭއްވި ނީލަންތަކުގައި ވެސް މައިކަލް ޖެކްޝަންގެ ޖެކެޓު އެތައް ބައެއްގެ ސަމާލުކަން ހޯދާކަމަށް އޮފިޝަލުން ބުނެއެވެ. އެ ގޮތުން 1983 ވަނަ އަހަރު މޫން ވޯކް ޑާންސުގައި މައިކަލް ޖެކްސަން ލައިގެން ހުރި ޖެކެޓު ވަނީ 77،640 ޕައުންޑަށް ވިއްކާލާފައެވެ.