ދުނިޔެ

ޕެސިފިކް ކަނޑުގައި އޮންނަ ޓުވަލޫގެ ރައްޔިތުންނަށް އޮސްޓްރޭލިއާއިން ބިން ދެނީ

މުހައްމަދު އައުޒަމް

ޕެސިފިކް ކަނޑުގައި އޮންނަ ޓުވަލޫގެ ރައްޔިތުންނަށް އޮސްޓްރޭލިއާއިން ބިން ދޭން ނިންމައިފިއެވެ.

ކުދި ކުދި ޖަޒީރާ ރަށްތަކެއް އެކުލެވޭ ޓުވަލޫ ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ނުރައްކާތެރި ގައުމަކަށް ވެފައެވެ.

11،200 މީހުންގެ އާބާދީއެއް އޮންނަ ޓުވަލޫގެ ރައްޔިތުންނަށް އޮސްޓްރޭލިއާއިން ރަށްވެހިކަން ދީ އެ ގައުމުން ބިންދިނުމަށް ނިންމައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންޓޮނީ ނަޓާނޯ ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.

މިއީ އޮސްޓްރޭލިއާއިން މޫސުމީ މައްސަލައެއްގެ ސަބަބުން އެހެން ގައުމެއްގެ ބަޔަކަށް އާ ވިސާއެއް ދީ އެގައުމުގައި މަސައްކަތްކޮށް ދިރިއުޅުމުގެ މަގު ފަހިކޮށްދިން ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިއާއިން އެއްބަސްވެފައިވާ ގޮތުގެމަތީން ޓުވަލޫ ވެގެން ދާނީ އޮސްޓްރޭލިއާ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ގައުމަކަށެވެ. އަދި އޮސްޓްރޭލިއާއިން ވަނީ ޓުވަލޫއަށް 10.7 މިލިއަން ޑޮލަރުގެ އެހީދީ އެގައުމު ތިމާވެށީގެ ނުރައްކަލުން ސަލާމަތް ވުމަށް ނިންމާފައެވެ.