ދުނިޔެ

ހަމާސް އާއި އޮންނަ ގުޅުން އަބަދުވެސް ދަމަހައްޓާނަން: އަންވަރު އިބްރާހިމް

މުހައްމަދު އައުޒަމް

ހަމާސް އާއި އޮންނަ ގުޅުން އަބަދުވެސް ދަމަހައްޓާނެކަމަށް މެލޭޝިއާގެ ލީޑަރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަނީ އެގައުމުގެ އެންމެން ވެސް ތެދުވަން ވީ ފަލަސްތީނާ އެއްކޮޅަށް ކަމަށް ބުނެފައެވެ. ހަމާސް އާއި ދެކޮޅަށް އެއްވެސް ނިންމުމެއް މެލޭޝިއާގައި ނުނިންމޭނެ ކަމަަށްވެސް ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު އަންވަރު ވަނީ ހުޅަނގުގެ ގައުމުތަކުން ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރުވި ނަމަވެސް މެލޭޝިއާ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށް ވިދާޅުވެފައެވެ.

ހަމާސް އާއި އިސްލާމިކް ޖިހާދާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާއިން ގޮވާލި ގޮވާލުމަށް އިޖާބަ ދިނުމަށް މެލޭޝިއާގެ އިދިކޮޅު ޕާޓީން ވެސް ވަނީ އަންވަރަށް ދަންނަވައިފައެވެ.

މުސްލިމުންގެ މެޖޯރިޓީއެއް އޮންނަ މެލޭޝިއާއިން ވަނީ ފަލަސްތީނުގެ މައްސަލައިގައި މުޅި ގައުމު އެއްކޮށް އަޑު އުފުލަން ފަށާފައެވެ.