އިސްލާމިކް މިނިސްޓްރީ

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިން އަމަލުކުރަމުންދިޔަ ފަގީރުންގެ ދަފުތަރު އުވާލައި، އަލުން އެކުލަވައިލާ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުސްވި މާޗް މަހުގެ 31ގައި ހުޅުވައިލި ދަފުތަރުގައި ކުރީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުން ވެސް އަލުން ރަޖިސްޓަރީވާން ޖެހޭނެ ކަމަށެވެ.

އަދި މި ދަފުތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވައިލާފައިވަނީ މިމަހުގެ 28ގެ ނިޔަލަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ 10:00 އިން 1:00އަށް އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.

އަދި ފޯމު ބަލައިގަތުމުގެ މަސައްކަތް މިމަހުގެ ތިން ވަނަ ދުވަހުން ފެޑިގެން 28ގެ ނިޔަލަށް އަތޮޅު ތެރޭގައިވެސް ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.