ދުނިޔެ

ނޭޕާލަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 157 އަށް

މުހައްމަދު އައުޒަމް

ނޭޕާލަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 157 އަށް އަރައިފިއެވެ.

ނޭޕާލްގެ އުތުރުއިރުމަތީ އޮންނަ ސަރަހައްދަށް އައި މި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު، ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ވަނީ ނޭޕާލްގެ ޖުމްލާ ސަރަހައްދައި އައި މި ބެންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 5.6 މެގްނިޓިއުޑްގެ ބާރު މިނުގައި ކަމަށް ބުނެފައެވެ. ބިންހެލުމުގެ ލޮޅުން އިންޑިއާގެ ވެރިރަށް ނިއުދިއްލީއާ ހަމައަށް ހުރި ކަމަށް އޮފިޝަލުން ބުނެއެވެ.

މިހާތަނަށް 170 މީހަކަށް އަނިޔާ ވެފައިވާ އިރު، ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

ނޭޕާލް އޮންނަ ސަރަހައްދުގެ ގޮތުން އެގައުމަކީ ބިން ހެލުން އާންމު ގައުމެކެވެ. 2015 ވަނަ އަހަރުވެސް އެގައުމަށް އައި ބިންހެލުމެއްގައި 9000 މީހުން މަރުވެފައިވެއެވެ.