މުހައްމަދު އައުޒަމް
ވިހަގަދަ މަޝްރޫމެއް ކާންދީގެން އޮސްޓްރޭލިއާގެ ތިން މީހަކު މަރާލި މީހާ އަށް ދައުވާ އުފުލައިފިއެވެ.
އޮސްޓްރޭލިއާގައި މިދިޔަ ޖުލައި މަހުގެ ތެރޭ ހިނގި އެހާދިސާގައި އެމީހާ ވަނީ އޭނާގެ ކުރިން އިން މީހާގެ މަންމަގެ އިތުރުން ދައްތަ އާއި އޭނާގެ ކުރީގެ ފިރިމީހާއަށް ވިހަގަދަ މަޝްރޫމެއް އަޅައި ކައްކާފައި ހުރި ކާއެއްޗެއް ކާންދީފައެވެ.
އޮސްޓްރޭލިއާގެ ފުލުހުން ވަނީ އެމީހުންނަށް ކާންދިން އެއްޗެހި ކެއްކި އުމުރުން 49 އަހަރުގެ އެރިން ޕެޓާސަން ނަމަކަށް ކިޔާ އަންހެނަކު ހައްޔަރުކޮށް ތަހުގީގު ފަށައިފައެވެ.
އޮސްޓްރޭލިއާގެ ވިކްޓޯރިއާ ފުލުހުން ހިންގި ތަހުގީގުން ވަނީ އެ އަންހެން މީހާގެ މައްޗަށް ސާބިތުކުރެވޭ ހެކިތައް ހުރުމުން އޭނާގެ މައްޗަށް މީހަކު މެރިކަމުގެ ތިން ދައުވާ އާއި ހައްޔަރު ކުރިފަހުން އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަމުގެ ފަސް ދައުވާއެއް އުފުލައިފައެވެ.
ފުލުހުން ވަނީ އޭނާގެ އަމަލު ހިންގި ސަބަބު ހާމަކުރުމަށް ދެކޮޅު ހަދައިފައެވެ.