ނުރައްކާތެރި ކޯފް ސިރަޕެއް އުފެއްދި އިންޑޮނޭޝިއާ ކުންފުންޏެއްގެ ވެރިން ޖަލަށް ލައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަފީ ފާމާ ނަމަކަށް ކިޔާ އެ ކުންފުނިން އުފެއްދި ކޯފް ސިރަޕް ބޭނުންކުރި 200 އަށްވުރެ ގިނަ ކުދިން ވަނީ މަރުވެފައެވެ.
އެ މައްސަލާގައި އިންޑޮނޭޝިއާގެ ކޯޓަކުން ވަނީ އެ ގައުމުގެ ޑްރަގް ސޭފްޓީ ގާނޫނާ އެ ކުންފުނި ހިލާފުވިކަމުގެ ކުށް ސާބިތުވުމާއެކު ކުންފުނީގެ ސީއީއޯގެ އިތުރުން އެ ކުންފުނީގެ އިސް ތިން މީހަކު ނުވަ އަހަރަށް ޖަލަށް ލައިފައެވެ.
ނަމަވެސް އެ ހުކުމަށް ގޮންޖަހައި، އެ ކުންފުނިން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.