އޫރެއްގެ ހިތް ލެއްވި މީހާ މަރުވެއްޖެއެވެ.
އުމުރުން 58 އަހަރުގެ ލައުރެންސް ފައުސޭ ނަމަކަށް ކިޔާ އެމެރިކާގެ އެ މީހާގެ ހަށިގަނޑަށް އޫރެއްގެ ހިތެއް ލެއްވީ އެ ގައުމުގެ ޔުނިވާސިޓީ އޮފް މެރީ ލޭންޑް މެޑިކަލް ސެންޓަރުން ކުރިއަށް ގެންދިޔަ ތަހުލީލުތަކެއްގައެވެ.
އޫރުގެ ހިތެއް ލެއްވި ހިސާބުން ފެށިގެން ލައުރެންސްގެ ހާލު ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ބަލަމުންދިޔަ އިރު، އޭނާ މަރުވެފައިވަނީ އޫރެއްގެ ހިތް ލެއްވިތާ ހަ ހަފުތާ ފަހުންނެވެ.
މިއީ އެ ޔުނިވާސިޓީން އޫރެއްގެ ހިތެއް ލައްވައިގެން ހެދި ތަހުލީލުތަކުގައި މަރުވި ދެވަނަ މީހާއެވެ. ފުރަތަމަ ޓްރާންސްޕްލާންޓް ހަދާފައިވަނީ މިދިޔަ އަހަރު ޖެނުއަރީ މަހުއެވެ. އެ ޓްރާންސްޕްލާންޓް ހެދުނު ޑޭވިޑް ބެނެޓެ ވަނީ ދެ މަސް ފަހުން ހިތް ފެއިލް ވެގެން މަރުވެފައެވެ.