ދުނިޔެ

ފިލިޕީންސްގެ އެންޓި ޓްރެފިކިން ރެއިޑެއްގައި 600 މީހުން ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

ފިލިޕީންސްގެ އެންޓި ޓްރެފިކިން ރެއިޑެއްގައި 600 މީހުން ހައްޔަރުކޮށްފިއެވެ.

ފިލިޕީންސްގެ ފުލުހުން ވެރިރަށް މެނީލާގައި ހިންގި އެ ރެއިޑަކީ އެގައުމުގެ އެކި ހިސާބުތަކުގައި އޮންލައިން ސްކޭމްތަކާއި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބައެއްގެ މައުލޫމާތު ލިބިގެން ކުރިޔަށް ގެންދިޔަ ރެއިޑެއް ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ޗައިނާ މީހުންނާއި ކޮރެއާ އަދި ވިއެޓްނާމްގެ އިތުރުން ފިލިޕީންސް މީހުން ހިމެނެއެވެ. ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ވަނީ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން 598 މީހުންނާއި ސުވާލުކޮށް މައުލޫމާތު އެއްކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ފިލިޕީންސުން ވަނީ ޗައިނާގެ އެމްބަސީ މެދުވެރިކޮށް ހައްޔަރު ކުރި ޗައިނާ މީހުންގެ ވިޔަފާރި ޗައިނާގައި ފުޅާވެފައިވާ މިންވަރު ބެލުމަށް އެދިފައެވެ. ފިލިޕީންސްގެ ފުލުހުން ވަނީ އެމީހުން ބޭނުންކުރި ކޮމްޕިއުޓަރުތަކާއި އެހެނިހެން އާލާތްތައް ބެލުމުގެ އަމުރަކަށް ކޯޓުގައި އެދިފައެވެ.