މެކްސިކޯއަށް ތޫފާނެއް އަރައި 27 މީހަކު މަރުވެއްޖެއެވެ.
މެކްސިކޯގެ އަކާޕުލްކޯގެ އައްސޭރިފަށަށް މި ތޫފާން އަރާފައިވާއިރު ތޫފާން ވަނީ ބާރުގަދަވެ ކެޓަގަރީ 5 އަށް މަތިވެފައި ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
މިހާތަނަށް 27 މީހަކު މަރުވެފައިވާއިރު އެކި ހާދިސާތަކުގައި ބައެއް މީހުން ގެއްލިފައިވާކަމަށް މެކްސިކޯގެ ސެކިއުރިޓީ މިނިސްޓަރު، ރޯސާ އިކޭލާ ވަނީ ވިދާޅުވެފައެވެ.
އިމަޖެންސީ ޓީމުތަކާއި މެކްސިކޯގެ މިލިޓަރީގެ ފަރާތްތަކުން ވަނީ އެހީގެ ސާމާނާއެކު އެ ސިޓީގައި ހަރަކާތްތެރިވާން ފަށާފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ތޫފާނުގެ ސަބަބުން އައްސޭރިފަށާ ކައިރި ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އަދި ލިބެމުންދާ ގެއްލުން ބެލުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ފަށާފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ފަތުރުވެރިކަމަށް މަޝްހޫރު އަކާޕުލްކޯ އަށް ތޫފާން އެރުމާއެކު 500،000 އެއްހާ އާންމު ގެތަކާއި ވިޔަފާރިތަކަށް އެ ތޫފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އޮފިޝަލުން މައުލޫމާތުދެއެވެ.