ތުރުކީގައި ދޫނި ރޯގާ ފެތުރެން ފަށައިފިއެވެ.
ތުރުކީގެ އޮފިޝަލުންނާ ހަވާލާދާ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ދޫނި ރޯގާ ފެނިފައިވަނީ އެ ގައުމުގެ ލޯވާގައި ހުންނަ ފާމަކުންނެވެ. އެ ފާމަކީ ވިޔަފާރީގެ ބޭނުންތަކަށް ކުކުޅު ވިއްކާ ފާމެއް ކަމަށްވެސް ބުނެފައިވެއެވެ.
ދޫނި ރޯގާ ފެނުމާ އެކު އެ ފާމް ބަންދުކޮށްފައިވާ ކަމަށާއި އެ ފާމްގައި ތިބި އެތައް ހާސް ކުކުޅު މެރުމަށް ނިންމާފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ތުރުކީގެ ލޯވާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާއިން ވަނީ މިހާތަނަށް ދެ ކޭސް ފެނިފައިވާ ކަމަށާއި އިތުރު ކޭސްތަކެއް ފެނިދާނެ ކަމަށް ބަލައި ތައްޔާރީ ހާލަތެއްގައި ތިބިކަމަށް ބުނެފައެވެ.
ދޫނި ރޯގާއަކީ ހަލުވިކޮށް ފެތުރޭ އަދި އޭގެ ސަބަބުން ދޫނި ތަކުގެ ދިފާއީ ނިޒާމު ދުއްވާލައި މަރުވުމަށް މަގުފަހިވާ ރޯގާއެކެވެ.