ދުނިޔެ

އަލަސްކާ އެއާލައިންސްގެ ފްލައިޓެއްގެ އިންޖީނު ނިއްވާލަން އުޅުނު ފަސިންޖަރަކު ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

އަލަސްކާ އެއާލައިންސްގެ ފްލައިޓެއްގެ އިންޖީނު ނިއްވާލަން އުޅުނު ފަސިންޖަރަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ސިއޭޓަލް އިން ސަންފްރެންސިސްކޯ އަށް ދަތުރުކުރި އަލަސްކާ އެއާލައިންސްގެ ފްލައިޓު 2059 ގައި ދަތުރުކުރި ފަސެންޖަރު ދަތުރުކުރަމުން ދިޔައީ ކޮކްޕިޓުގައި ހުންނަ ޖަމްޕު ޝީޓުގައި ކަމަށް އެ އެއާލައިންގެ އޮފިޝަލުން ބުންޏެވެ.

އެއާލައިނުން ވަނީ އެމީހާ ކޮކްޕިޓުގައި އިނީ އޭނާއަކީ އޮފްޑިއުޓީ ޕައިލެޓަކަށް ވުމުން އެއީ އޮފިޝަލް ޑިއުޓީ އަކަށް ކުރާ ދަތުރަކަށް ވުމުން ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ ގުނޭނީ ފަސިންޖަރުންގެ ތެރޭގައެވެ.

އެމީހާގެ މައުލޫމާތު އެއާލައިނުން ހާމަކޮށްފައި ނުވި ނަމަވެސް އެމީހާ ވަނީ ކޮކްޕިޓުގައި އިނދެ ފްލައިޓުގެ އިންޖީނު ނިއްވާލުމަށް މަސައްކަތް ކޮށްފައި ކަމަށް ބުނެފައިވެއެވެ.

ހާދިސާ ހިނގުމާއެކު ފްލައިޓު ވަނީ ޑައިވާޓުކޮށް ޕޯޓްލޭންޑް އެއާޕޯޓަށް ޖައްސައިފައެވެ. އަދި ޕޯޓްލޭންޑް އެއާޕޯޓުން ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ.

ހާދިސާ ހިނގުމާއެކު އެމެރިކާގެ އެފްއޭއޭގެ ޓީމަކުން ވަނީ އެއާލައިނާ ގުޅިގެން ހާއްސަ ތަހުގީގެއް ފަށައިފައެވެ.