ދުނިޔެ

ލުބުނާނުގެ ދެކުނު ސަރަހައްދުތަކުން އިސްރާއީލަށް ހަމަލާދޭން ފަށައިފި

މުހައްމަދު އައުޒަމް

ލުބުނާނުގެ ދެކުނު ސަރަހައްދުތަކުން އިސްރާއީލަށް ހަމަލާދޭން ފަށައިފިއެވެ.

އިސްރާއީލާއި ފަލަސްތީނުގެ ޒަމާންވީ މައްސަލަ އިތުރަށް ހޫނުވެ ހަނުގާރަމަފަށާފައިވާއިރު ދެފަރާތުން ވެސް ވަނީ ހަމަލާދީ ބޮޑެތި ގެއްލުންދަކެއް ދީފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް ހަމަލާތައް ހުއްޓުމެއް ނެތި ދެމުންގެންދާއިރު ލުބުނާނުގެ ދެކުނު ސަރަހައްދުން ވަނީ އިސްރާއީލަށް ރޮކެޓު ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުން ވަނީ ލުބުނާނުން ހަމަލާ ދީފައިވަނި ފަލަސްތީނަށް ވާގިވެރިވާ ފެކްޝަނަކުން ކަމަށް ބުނެފައެވެ. ލުބުނާނުން ފޮނުވާލި 15 ރޮކެޓުތަކުގެ ތެރެއިން 10 ރޮކެޓު ވެއްޓިފައިވަނީ ހުސްބިމަކަށް ކަމަށްވެސް އިސްރާއީލުން ބުނެއެވެ. އަނެއް ހަތަރު ރޮކެޓު ވެސް ނުރައްކަލެއް ވުމުގެ ކުރިން ހުއްޓުވާފައިވާކަމަށް ބުނެއެވެ.

ލުބުނާނުގެ ދެކުނުން އިސްރާއީލަށް ހަމަލާދޭން ފެށުމާއެކު އިސްރާއީލުން ވެސް ވަނީ އެ ސަރަހައްދަށް ހަމަލާ ފޮނުވާފައެވެ.

އިސްރާއީލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވެ ހަމަލާ ބަދަލުކުރަން ފަށާފައިވާއިރު މިހާތަނަށް އިސްރާއީލުން 830 މީހުން މަރުވެފައިވެއެވެ. އަދި ފަލަސްތީނުން 687 މީހުން ޝަހީދުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.