މުހައްމަދު އައުޒަމް
ވުމެން އިން މެނޭޖްމަންޓް (ވިމް) ގެ ރާއްޖޭގެ ގޮފި، ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ)އިން ދިވެހި އަންހެނުންނަށް ހާއްސަކޮށްގެން އިންތިޒާމުކުރާ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ ޖުލައި 13ގައި ބޭއްވުމަށް ހަމަޖައްސައިފައިވާ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިމަހު 15އިން މެއި15 އަށެވެ.
ވިމްއެމްވީގެ ރައީސާ މިންހާ ފާއިޒް ރަޝާދު (މިންނު) ވިދާޅުވީ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019" އަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށާއި މި އެވޯޑަކީ ގައުމަށާއި މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ޝުކުރުވެރިކަމުގެ އިނާމެއް ކަމަށެވެ.
މިއީ ވިމް އިން މި އެވޯޑް ބާއްވާ ދެވަނަ އަހަރެވެ. މިއަހަރުގެ އެވޯޑްގައި ތަފާތު ހަތަރު ކެޓަގަރީއަކުން 30 އެވޯޑް ދިނުމަށް ވަނީ ނިންމައިފައެވެ.
ކެރިއަރ އެވޯޑް ކެޓަގަރީ
- ހިއުމަން ރިސޯސަސް
- ބޭންކިންގ އެންޑަ ފައިނޭސް
- މާކެޓިންގ އެންޑް އެޑްވަޓައިސިންގ
- ލީގަލް
- ސްޓޭޓް އެންޑް ގަވަރމަންޓް
- ޓްރެވަލް އެންޑް ޓުއަރިޒަމް
- ހޮޓެލް އެންޑް ހޮސްޕިޓޭލިޓީ
- ޓެކްނޮލޮޖީ
- ހެލްތް ޕްރޮފެޝަނަލްސް
* މެންޓަލް ހެލްތް
* ޑޮކްޓަރ
* ނާރސް
- އެޑިއުކޭޝަން / އެޑިއުކޭޝަން އިންޑަސްޓްރީ
- ސްޕޯޓްސް
- މީޑިއާ
- އެންވާރަމެންޓް
- އަރޓްސް އެންޑް ހެރިޓޭޖް
- ކޮންސްޓްރަކްޝަން އިންޑަސްޓްރީ
ބިޒްނަސް އެވޯޑް ކެޓަގަރީ
- އައުޓްސްޓޭންޑިން ވުމެން އެންޓަޕްރިނިއަރ (ލާޖް)
- އައުޓްސްޓޭންޑިން ވުމެން އެންޓަޕްރިނިއަރ (މީޑިއަމް)
- އައުޓްސްޓޭންޑިން ވުމެން އެންޓަޕްރިނިއަރ (ސްމޯލް)
- ބެސްޓް އޯގަނައިޒޭޝަން ފޯ ޕްރޮމޯޓިންގ ވުމެން އިން ވޯރކް ޕްލޭސް
ޕްރޮފެޝަނަލް ކެޓަގަރީ
- ވުމެން އޮފް ދަ އިޔަރ
- ކެރިއަރ ރޯލް މޮޑެލް އޮފް ދަ އިޔަރ
- ބިޒްނަސް ރޯލް މޮޑެލް އޮފް ދަ އިޔަރ
- ވުމެން ސީއީއޯ/އެމްޑީ އޮފް ދަ އިޔަރ
ސްޕެޝަލް ކެޓަގަރީ
- ޔަންގ ޔޫތް ލީޑަރޝިޕް އެވޯޑް
- ބެސްޓް ވުމެން އެމްޕަވަރމަންޓް ޕްރޮޖެކްޓް ރަން ބައި އެންޖީއޯ، އިންޓަރނޭޝަނަލް އެންޖީއޯ، އިންޓަނޭޝަނަލް އޯގަނައިޒޭޝަން
މިދިޔަ އަހަރު ވިމްއެމްވީ އިން ބޭއްވި ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑް ހަފުލާގައި އެކި ކެޓަގަރީތަކުން 25 ކަނބަލަކަށް ވަނީ ''ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް'' ލިބިފައެވެ. އެ 25 ކަނބަލުންގެ ތެރެއިން ހަ ކަނބަލަކު ވަނީ ލަންކާގެ ކޮލަންބޯގައި ކުރިއަށްދިޔަ 2018 ވަނަ އަހަރުގެ ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސްއަށް ނޮމިނޭޓްވެ އެވޯޑު ލިބިވަޑައިގެންފައެވެ.
ވިމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެކެވެ. ރާއްޖޭގެ ޗެޕްޓަރު ހުޅުވީ 2017 ސެޕްޓެމްބަރުގައެވެ. ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.