ދުނިޔެ

ބަހްރެއިން އާއި ޕާކިސްތާނުގެ މިސް ޔުނިވާސްގެ އެހީގައި ފިލިޕީންސްގައި ހަލާލު ޓޫރިޒަމް ޕްރޮމޯޓުކުރަނީ

މުހައްމަދު އައުޒަމް

ބަހްރެއިން އާއި ޕާކިސްތާނުގެ މިސް ޔުނިވާސްގެ އެހީގައި ފިލިޕީންސްގައި ހަލާލު ޓުއަރިޒަމް ޕްރޮމޯޓުކުރަން ފަށައިފިއެވެ.

ފިލިޕީންސްއަށް މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ފަތުރުވެރިންގެ ގޮތުގައި ގެނައުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑީގެ ދަށުން ހަލާލް ޓުއަރިޒަމް އިތުރަށް ކުރިއެރުވުމަށް ވަނީ ގިނަ ކަންތައްތަކެއް ޕްލޭން ކޮށްފައެވެ.

ޕިލިޕީންސްގެ ދަ ޑިޕާޓްމަންޓް އޮފް ޓުއަރިޒަމްގެ އޮފިޝަލުން ވަނީ ބަހްރެއިން އާއި ޕާކިސްތާނުގެ މިސް ޔުނިވާސް އެގައުމަށް ހާއްސަ ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.

އޮފިޝަލު ވަނީ އެބޭފުޅުންގެ ދަތުރުގެ ސަބަބުން މުސްލިމް ފްރެންޑްލީ ޓުއަރިޒަމް ޕްރޮމޯޓުކޮށް ބޫސްޓު ވެގެން ދާނެ ކަމަށް ބުނެފައެވެ.

ފިލިޕީންސް ސަރުކާރުން 2022 ވަނަ އަހަރު ވަނީ މުސްލިމް ޓްރެވަލް މާކެޓް 2028 ވަނަ އަހަރާއި ހަމައަށް 225 ބިލިއަން ޑޮލަރަށް އިތުރު ކުރުމުގެ މަސައްކަތް ފަށާފައެވެ.