އެޕަލްގެ ފަހުގެ ފޯން އައިފޯން 15 ހޫނުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެޕަލްއިން އިއްޔެ ވަނީ އައިފޯން 15ގެ މޮޑެލްތައް ހޫނުވުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާތީ އެކަން ހައްލުކުރުމަށް ސޮފްޓްވެއާ އަޕްޑޭޓެއް ފޮނުވާނެ ކަމަށް ބުނެފައެވެ.
އެޕަލްއިން ބުނި ގޮތުގައި އައިފޯން 15 ހޫނުވަނީ އައިއޯއެސް 17ގެ ބަގްތަކާއި އެޕްތަކުގައި ހުރި ބަގުތަކުގެ ސަބަބުން އިތުރަށް ފޯނު ޕްރޮސެސް ކުރާތީއެވެ.
އެޕަލް އިން މިދިޔަ މަހު ނެރުނު އައިފޯނު 15 އާންމުންނަށް ވިއްކަން ފެށުމާއެކު ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.