އެމްއެންޑީއެފް

ހުޅުމާލޭގައި އޮތް ވިނަ ގަނޑެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި އޮތް ހުސް ބިމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑިއެފުން ބުނީ މިއަދު 1:21 ހާއިރު ހުޅުމާލޭ ފެރީ ޓާމިނަލާއި ސެންޓްރަލް ޕާކާއި ދެމެދުގައި އޮތް ވިނަ ގަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ސިފައިން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާކަން ސިފައިން ވަނީ ފާހަގަކޮށްފައެވެ. މިދިޔަ ހަފުތާގައި އެމްއެންޑީއެފުން ބުނެފައިވަނީ، ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި އަލިފާނުގެ 86 ހާދިސާއެއް ހިނގާފައިވާކަމަށެވެ.

ދާދި ދެންމެ އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލުކޮށްފަ އެވެ.