މުހައްމަދު އައުޒަމް
ފްލޮރިޑާގައި ކިނބުލެއްގެ އަނގަތެރެއިން ފެނުނީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް އޮފިޝަލުން ބުނެފިއެވެ.
ދިގުމިނުގައި ތޭރަ ފޫޓު ހުރި އެ ކިނބޫ ފެނިފައިވަނީ ފްލޮރިޑާގެ ޓަމްޕާ ބޭ އޭރިއާއިން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ކިނބޫ ފެނުނު އިރު އޭގެ އަނގަ ތެރެއިން ފެނުނީ އިންސާނެއްގެ ހަށިގަނޑެއްގެ އެއްބައި ކަމަށް މަންޒަރު ދުއްފަރާތަކާ ހަވާލާދީ ނޫސްތަކުން ބުންޏެވެ. އެކިނބޫ މީހުން ފެނުމާއެކު އަނގަައިގައި އޮތް ހަށިގަނޑުގެ ބައިތަކާއެކު ފެނުގެ އަޑިއަށް ފީނައިގަތް ކަމަށް ވެސް ބުނެފައިވެއެވެ.
ފްލޮރިޑާގެ ފިޝް އެންޑް ވައިލްޑް ލައިފް ކޮންސަވޭޝަން ކޮމިޝަންގެ އެހީގައި އާންމުން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި ވަނީ އެކިނބޫ ހިފައި އެއްގަމަށް އަރުވައިފައެވެ.
ފްލޮރިޑާގެ ފުލުހުން ހިނގި ތަހުގީގުން ވަނީ ކިނބޫގެ އަގައިގެ ތެރެއިން ފެނިފައިވަނީ އެސިޓީގެ އުމުރުން 41 އަހަރުގެ އަންހެނެއްގެ ހަޑިގަނޑުގެ ބައެއް ކަމަށް ބުނެފައެވެ. ފުލުހުން ވަނީ އެހާދިސާ އިތުރަށް ތަހުގީގު ކުރަން ފަށައިފައެވެ.