މުހައްމަދު އައުޒަމް
ވެނެޒުއޭލާގެ ގޭންގެއް ކޮންޓްރޯލް ކުރަމުން ގެންދިޔަ ޖަލެއް ސަލާމަތީބާރުގެ ދަށަށް ގެނެސްފިއެވެ.
ވެނެޒުއެލާގެ އަރަގުއާ ސްޓޭޓްގައި ހުންނަ ޓޮކޮރޯން ޕެނިޓެންޝަރީ ސެންޓަރު ސަލާމަތީ ބާރުތަކުގެ ދަށަށް ގެނައުމަށްފަހު އެގައުމުގެ ސަރުކާރުން ވަނީ އެގައުމުގެ ނޫސްވެރިންނަށް ދައުވަތުދީ އެޖަލު ދައްކާލައިފައެވެ.
އެގައުމުގެ އެންމެ ބޮޑު ޓޮކޮރޯން ޖަލުގެ ފުރިހަމަ ކޮންޓްރޯލް އެގައުމުގެ ގޭންގުގެ ބެލުމުގެ ދަށުގައި އޮންނަތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށް އޮފިޝަލުން ބުނެއެވެ.
ވެނެޒުއޭލާގެ ސަލާމަތީ ބާރުތައް، އާމީ އާއި ނެޝަނަލް ގާޑުގެ 11،000 މީހުން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނުގައި ޖަލުގެ ކޮންޓްރޯލް ވަނީ އަނބުރާ އަތުލައިގެންފައެވެ.
ސަރުކާރުން ގޭންގުތަކާއެކު ބޭއްވި މަޝްވަރާތައް ފެއިލްވުމުން އެންމެ ފަހުން އެތަން ހިފަން އަރަން މަޖުބޫރުވީ ކަމަށް އެގައުމުގެ ނޫސްތަކުން ބުނި ނަމަވެސް އިންޓީރިއާ މިނިސްޓަރު ރެމިގިއޯ ކެބަލޯސް ވަނީ އެކަން ދޮގުކުރައްވައިއެވެ.
ޖަލުގެ އެތެރޭގެ ސަރަަހައްދުތައް ނޫސްވެރިންނަށް ދައްކާލުމަށް ނޫސްވެރިންނަށް ވަނީ ޓުއާއެއް ދީފައެވެ. ޖަލުގައި ސުވިމިން ޕޫލުތަކާއި ރެސްޓައުރަންޓެއްވެސް ހަދާފައި ހުރި ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
އޮފިޝަލުން ވަނީ ގޭންގުން އެޖަލުގައި ގިނަ އަދަދެއްގެ ހަތިޔާރު ގެންގުޅެފައިވާ ކަމަށް ބުނެފައެވެ.