މުހައްމަދު އައުޒަމް
ދެވަނަ ބޮޑުހަނގުރާމައިގައި ނުގޮވާއޮތް ބޮމެއް ޖަރުމަނުގެ ކޯރަކުން ފެނިއްޖެއެވެ.
ޖަރުމަނު ވިލާތުގެ ފްރެންކްފަރޓްގެ ކޯރަކުން މި ބޮން ފެނިފައިވަނީ އެގައުމުގެ ފަޔަރފައިޓަރުން ބޭއްވި ޑައިވިންގ އެކްސިސައިޒެއްގައެވެ.
250 ކިލޯ ހުރި މިބޮން ނައްތާލުމަށް އެސަރަހައްދުގައި ދިރިއުޅޭ 600 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދު ތަކަށް ބަދަލު ކޮށްފައެވެ.
އެއަށްފަހު އެކްސްޕާޓުންގެ ޓީމުންވަނީ ރައްކާތެރިކަމާއެކު ބޮން ނައްތާލައިފައެވެ.
ފްރެންކްފަރޓްގެ މޭޔަރު ވަނީ ބޮން ނައްތާލުމުގައި އަދި އެސަރަހައްދުން މީހުން ހުސްކުރުމުގައި އެހީތެރިކަން ދިން ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.
2019 ވަނަ އަހަރުވެސް ވަނީ ފްރެންކްފަރޓްގެ ކޮންސްޓްރަކްޝަން ސައިޓަކުން 1.4 ޓަނުގެ އެއަރ މައިނެއް ފެނުމުގެ ސަބަބުން 60،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް ރައްކާތެރިކަމާއެކު އެ މައިން ނައްތާލައިފައެވެ.