ދުނިޔެ

ލަންޑަންގެ އުސް އިމާރާތަކަށް ބޭރުން އެރި މީހަކު ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

ލަންޑަންގެ އުސް އިމާރާތަކަށް ބޭރުން އެރި މީހަކު ހައްޔަރުކޮށްފިއެވެ.

ލަންޑަންގެ ހަވަނައަށް އެންމެ އުސް އިމާރާތަށް އަރާފައިވަނީ އުމުރުން 24 އަހަރުގެ އިނގިރޭސި ރައްޔިތެކެވެ. އެނާ ވަނީ މީގެ ކުރިންވެސް އެކި ގައުމުތަކުގައި ހުންނަ އުސް އިމާރާތްތަކަށް ބޭރުން އަރައިފައެވެ.

ލަންޑަންގެ ފުލުހުން ވަނީ އެ މީހާ އަރާފައިވަނީ 738 ފޫޓު އުސްމިނުގައި ހުންނަ ލީޑެންހޯލް ބިލްޑިން އަށް ކަމަށް ބުނެފައެވެ.

އެ މީހާ އެއިމާރާތުގެ ބޭރުން އެރި މަންޒަރު ބެލުމަށް އެތައް ސަތޭކަ ބަޔަކު ވަނީ އިމާރާތް ހިމެނޭ ސަރަހައްދަށް އެއްވެފައެވެ. ނަމަވެސް ފުލުހުން އެ ސަރަހައްދަށް ގޮސް އެ ސަރަހައްދު ބަންދު ކުރިއެވެ.

ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ އެ އިމާރާތުގެ އެންމެ މައްޗަށް އެރިފަހުންކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން އެމީހާ ވަނީ ދެކުނު ކޮރެއާގައި ހުންނަ ފަސްވަނައަށް އެންމެ އުސް އިމާރާތަށް ވެސް އެރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް 123 ފަންގިފިލާ ހުންނަ އެ އިމާރާތުގެ 73 ވަނަ ފަންގިފިލާއިން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.