ދުނިޔެ

ޔޫކްރޭނުން ރަޝިއާއަށް ދޭން އުޅުނު ހަމަލާއެއް ހުއްޓުވީ އަހަރެން: އެލޮން މަސްކު

މުހައްމަދު އައުޒަމް

ޔޫކްރޭނުން ރަޝިއާއަށް ދޭން އުޅުނު ހަމަލާއެއް ހުއްޓުވީ އޭނާ ކަމަށް އެލޮން މަސްކު ބުނެފިއެވެ.

އެލޮން ވަނީ ޔޫކްރޭނުން ރަޝިއާގެ ނޭވަލް ފްލީޓަކަށް ދިން ހަމަލާއިން އެ ފްލީޓް ސަލާމަތްކޮށްފައި ވަނީ ޔޫކްރޭންގެ ކީވް އިން އެދުނު ގޮތަށް އިންޓަނެޓް އެކްސެސް ނުދިނުމުގެ ސަބަބުން ކަމަށް ބުނެފައެވެ.

އެލޮން މަސްކުގެ ސްޓާލިންކުން ވަނީ ސެޓަލައިޓްގެ އިންޓަނެޓް ހިދުމަތް ރަޝިއާއިން ޔޫކްރެއިނަށް އެރުމުގެ ކުރިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދިނުމަށް ސްޓަލައިޓް ލޯންޗުކޮށްފައެވެ.

އެލޮން ވަނީ ޔޫކްރޭންގެ ސަރުކާރު އޮފިޝަލުން އެދުނީ ވީހާވެސް އަހަވަށް އިންޓަނެޓް އެކްޓިވޭޓް ކުރުމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ރަޝިޔާގެ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ ބިރު ހީވުމުން އެކަން ނުކުރީކަމަށް ބުނެފައެވެ.

އެލޮން ވަނީ އޭނާ ހުއްދަ ދިންނަމަ އެހަނގުރާމައިގައި ބައިވެރިވެވުނީ ކަމަށް އޭނާ ދެކޭ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ޔޫކްރޭނުން ރަޝިޔާ އަށް ހަމަލާދިން ނަމަ ރަޝިޔާއިން ރައްދު ދިނުމުގެ ގޮތުން ނިއުކްލިއާ ހަމަލާއެއް ދޭނެ ކަމަށް އެމެރިކާގައި ހުންނަ ރަޝިޔާގެ އެމްބަސަޑަރު ބުނެފައިވާ ކަމަށް އެލޮން ވަނީ ބުނެފައެވެ.