ދުނިޔެ

ލިބެން އުޅޭ ދަރިފުޅުގެ ޖިންސު ހާމަކުރުމަށް ބޭއްވި ޕާޓީގައި ބޭނުންކުރި ފްލައިޓު ވެއްޓި ޕައިލެޓު މަރުވެއްޖެ

މުހައްމަދު އައުޒަމް

ލިބެން އުޅޭ ދަރިފުޅުގެ ޖިންސު ހާމަކުރުމަށް ބޭއްވި ޕާޓީގައި ބޭނުންކުރި ފްލައިޓު ވެއްޓި ޕައިލެޓު މަރުވެއްޖެއެވެ.

މެކްސިކޯގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެ ޕާޓީގެ ވީޑިއޯ ވައިރަލް ވެފައިވާއިރު ފްލައިޓު ވެއްޓުނު މަންޒަރު ވީޑިއޯއިން ފެނެއެވެ.

ވީޑިއޯއިން ފެންނަ ގޮތުން އެ ޕާޓީއަށް ގިނަ ބަޔަކު ޖަމާވެފައިވެއެވެ. ވީޑިއޯއިން ފެންނަ ދެމަފިރިންނާއި ދިމާއިން މަތީން ކުޑަ ފްލައިޓެއް ހުރަސްކުރާ މަންޒަރުވެސް ފެނެއެވެ. ފްލައިޓު ހުރަސް ކުރާ ވަގުތު އެ ދެމީހުންނާ އަރައި ހަމަވުމާއެކު ފްލައިޓުން ފިޔާތޮށި ދުން ބުރުވައިލައެވެ. އެއާއެކު ފްލައިޓުގެ އެއް ފިޔަގަނޑު ބިންދައިގެން ވެއްޓޭ މަންޒަރު ފެނެއެވެ.

ފްލައިޓު ވެއްޓޭ ވީޑިއޯ --

މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގެ އޮފިޝަލުން ވަނީ ހާދިސާ ހިނގުމާއެކު ޕައިލެޓަށް އަވަސް ފަރުވާ ދީފައެވެ. އިމަޖެންސީގައި ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ޕައިލެޓު މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ޕައިލެޓުގެ އިތުރު މައުލޫމާތު ހާމަކޮށްފައި ނުވާއިރު ހާދިސާގައި އިތުރު މީހަކަށް އަނިޔާ ނުވާކަމަށް އޮފިޝަލުން ބުނެއެވެ.