ދުނިޔެ

ހަނދަށް ފޮނުވާލި އުޅަނދު ވެއްޓުމަކީ ރަނގަޅަށްވީ ކަމެއްކަމަށް ރަޝިޔާއިން ބުނެފި

މުހައްމަދު އައުޒަމް

ހަނދަށް ފޮނުވާލި އުޅަނދު ވެއްޓުމަކީ ރަނގަޅަށް ވީ ކަމެއްކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާއިން އިންޑިއާއަށްވުރެން ކުރިން ހަނދުގެ ދެކުނު ތަނޑިއަށް ތިރިކުރަން ފޮނުވާލި އުޅަނދު ލޫނާ-25 ވަނީ ހަނދަށް ތިރިކުރުމުގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ގޮވާފައެވެ.

ރަޝިޔާގެ ސްޕޭސް އެޖެންސީން ވަނީ އެ ގައުމުގެ ޖައްވީ މިޝަންތަކަކީ ކާމިޔާބު މިޝަން ތަކަކަށް ވީނަމަވެސް މިފަހަރު ހަނދަށް ވެއްޓުނު އުޅަނދު ވެއްޓިފައިވަނީ އެ ގައުމަށް ވަރަށް ދަތި ދަނޑިވަޅެއްގައި ކަމަށް ފާހަގަކޮށްފައެވެ.

ރަޝިޔާގެ އޮފިޝަލުން ވަނީ ބައިނަލްއަގުވާމީ ގައުމުތަކުން ރަޝިޔާ އާއި ޖައްސާލާފައި އޮތް ދަނޑިވަޅެއްގައި ހިނގި އެހާދިސާގައި އެގައުމުގެ އުޅަނދު ވެއްޓުން އެއީ އެއްވެސް މައްސަލައެެއް ނޫން ކަމަށް ބުނެފައެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ރަޝިޔާގެ އުޅަނދު ހަނދަށް ވެއްޓިފައިވަނި އެންމެ ފަހުވަގުތު ދިމާވި އިމަޖެންސީ ހާލަތެއްގެ ސަބަބުން ކަމަށް އެގައުމުގެ ޖައްވީ އިދާރާއިން ބުނެފައިވެއެވެ.

ލޫނާ-25 ވެއްޓުނު ނަމަވެސް ހިތްވަރު އެލުވާނުލައި ލޫނާ-26 ވެސް އަދި ލޫނާ-28 ވެސް ހަނދަށް ފޮނުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.